ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، "އަނޫޖާ" ނަމަކަށް ކިޔާ ކުރު ފިލްމެއްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ. މި ފިލްމަކީ 2024 ވަނަ އަހަރުގެ ހޮލީޝޯޓްސް ފިލްމު މަހުރަޖާންގައި ލައިވް-އެކްޝަން ކުރު ފިލްމުގެ ގިންތިން އެވޯޑު ހާސިލުކުރި އަދި 2025 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސް (އޮސްކާ) ގެ އެ ގިންތީގެ ޝޯޓްލިސްޓަށް ހޮވުނު ފިލްމެކެވެ.
އާދަމް ޖޭ. ގްރޭވްސް ޑައިރެކްޓްކޮށް، ސުޗިތްރާ މައްޓާއީ ޕްރޮޑިއުސްކުރި "އަނޫޖާ" ފިލްމުގައި ފެނިގެންދަނީ، ދައްތަ ޕަލަކްއާއެކު ހެދުން ފެކްޓަރީއެއްގައި މަސައްކަތްކުރާ 9 އަހަރުގެ އަންހެން ކުއްޖެއްގެ ހާލަތެވެ. މި ފިލްމުގެ ވާހަކައިން ދައްކުވައިދެނީ، މި ކުޑަކުޑަ އަންހެން ކުއްޖާ އާއި އޭނާގެ އާއިލާގެ މުސްތަގުބަލު ބަދަލުކޮށްލައިފާނެ ކަންކަން ކުރުމުގައި އޭނާ ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކެވެ.
"އަނޫޖާ" ފިލްމު އުފައްދާފައިވަނީ މީރާ ނައިރުގެ އާއިލާއިން އުފައްދާފައިވާ، މަގުމަތީގައި އުޅޭ އަދި މަސައްކަތްކުރާ ކުދިންނަށް އެހީތެރިވާ، ޖަމިއްޔާއެއް ކަމުގައިވާ ސަލާމް ބާލަކް ޓްރަސްޓް (އެސްބީޓީ) އާ ގުޅިގެންނެވެ. މީގެ އިތުރުން، އެކަޑަމީ އެވޯޑް ކާމިޔާބުކުރި "ވޯރ/ޑާންސް" (2007) އަދި "އިނޮސެންޓެ" (2012) ފަދަ ފިލްމުތަކަށް މަޝްހޫރު ޝައިން ގްލޯބަލް އަދި ކްރުޝަން ނާއިކް ފިލްމްސްއާ ގުޅިގެންނެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި މިންޑީ ކޭލިން ހިމެނޭއިރު، އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ ފިލްމް މޭކަރ ގުނީތް މޮންގާ ކަޕޫރު ވަނީ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން