އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 އަށް ދިރާގަށް ލިބިއްޖެއެވެ.
އެ އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.
ދިރާގުން ބުނީ އެ ކުންފުނިން ހޯދި އެ ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
އެގޮތުން 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފުކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރެވެ. އަދި މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73 ޕަސަންޓަށް ދިރާގުގެ ހަލުވި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ.
ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް' ވިދިވިދިގެން ތިން އަހަރު ހޯދައި އަދި 'ފާސްޓަސްޓް 5ޖީ ނެޓްވޯކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.
މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީ ސަފުން ފާހަގަކޮށްލެވޭ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު