ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށްގެންދާ "ރޯދަ ކުއެސްޓް" މިރޭ ދިރާގު ހެޑް އޮފީހުގައި ފަށައިފިއެވެ.
މިރެއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ފަސް ދުވަހުގެ މުއްދަތަށް އެ ހަރަކާތް ކުރިއަށްދާނެއެވެ.
ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ އެ ފޯރިގަދަ ހަރަކާތުގައި މަގުބޫލު އެކި ގޭމުތައް ވަނީ ހިމަނައިފައެވެ. މިއީ ހުރިހާ ފެންވަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. "ރޯދަ ކުއެސްޓް" ކޮންމެ ރެއަކުވެސް ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ކުރިއަށްދާނެއެވެ.
"ރޯދަ ކުއެސްޓް"ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އެމްއެލްބީބީ، ޕަބްޖީ މޮބައިލް، އެފްސީ26 އަދި ޓެކެން 8ގެ ރަޖިސްޓްރޭޝަން މިހާރު ނިމިފައިވީ ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ކުރިއަށްގެންދާ ޖީޓީ7 ރޭސިން ސިމިއުލޭޓާ އަދި ބީޓް ސޭބާ ސެޝަންތަކުގައި ކުރިން ރަޖިސްޓްރީވުމަކާ ނުލައި، ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ގޭމިންގްއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން ވެސް އެ ހަރަކާތްތަކުގައި ބައިވެރިވެ، ކޮންމެ ރެއަކުވެސް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ދިރާގުން ދައުވަތު އަރުވައެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގުން ބުނީ ޑީޖީޖީން ކުރިއަށްގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް https://dgg.mv މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު