މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގުތަކަށް ބަދަލުއައި ނަމަވެސް ރާއްޖޭގެ ތެލުގެ ސްޓޮކަށް ދަތިކަމެއް ނާންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓުތަކުގައި އިއްޔެ ތެލުގެ އަގު 25-30 ޕަސަންޓަށް އުފުލުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުގެ ހާލަތު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާ ކަމަށާއި ނަމަވެސް ރާއްޖެއިން ފިޔަވަޅުތައް އަޅަނީ އެކަންކަމަށް ވިސްނައިގެން ކަމަށްވާތީ، ރާއްޖެއަށް އަދި ތެލުގެ ދަތިކަމެއް ނާންނާނެ ކަމަށެވެ.
"އަދި އެއްވެސް ކަންބޮޑުވުމެއް ނެތް ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަތިންދާ ބޯޓުތަކަށް އަޅާ ތެލުގައިވެސް މައްސަލައެއް ނެތް ކަމަށާއި މިހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު