މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޮމިޓީ އުފެއްދެވީ މިއަދު މެންދުރުފަހުގައި ކަމަށެވެ.
ރައީސް އުފައްދެވި ކޮމިޓީގައި ނުވަ ވަޒީރުން ތިއްވަބައެވެ.
ކޮމިޓީގައި ތިއްބަވާ ވަޒީރުން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)
- ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ހޯމް މިނިސްޓަރު އަލީ އިހްސާން
- ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިރާނުގެ ވެރިކަން ވައްޓާލައި ރައްކާތެރިކަމަށްޓަކައި ކަމަށްބުނެ، އިޒްރޭލާ ގުޅިގެން އެމެރިކާއިން މިއަދު ވަނީ އިރާނަށް ހަމަލާދޭން ފަށައިފައެވެ. އެ ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އިރާނުންވެސް ވަނީ ހަމަލާތައް ދޭން ފަށައިފައެވެ.
އީރާނު- އެމެރިކާ- އިޒްރޭލު ހަނގުރާމައާ ގުޅިގެން ރާއްޖެއިން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު