އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް"އަށް ހުޅުވާލައިފިއެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ސްކީމުގެ ދަށުން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ސްކޮލާޝިޕް ސްކީމުގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ އިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ އާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.
ސްޓެލްކޯ އިން ބުނީ އެ ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންނާއި އަދި ފޯން ނަންބަރު 3338244 / 3338480 އަށް ގުޅުމުން ލިބޭނެ ކަމަށާއި [email protected] އަށް އީމެއިލްކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ މިދިޔަ އަހަރު ވެސް "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ހުޅުވާލައިފައެވެ. އެ ފަހަރު ވެސް މެކޭނިކަލް އިންޖިނިއަރިން އާއި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ދާއިރާ އިން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލިއެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ