ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ނަސޭހަތްދިނުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.
ސްޓެލްކޯ އިން ބުނީ ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން، ސްޓެލްކޯގެ އެންމެހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ސެޝަނެއް މިއަދު ބާއްވާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ އެ ސެޝަންގައި މުވައްޒަފުންނަށް ދީނީ މައުލޫމާތު ދެއްވީ އައްޝައިހް އަތީފް އަބޫބަކުރެވެ.
ސްޓެލްކޯ އިން ބުނީ އަތޮޅުތެރޭ އިންޖީނުގެތަކުންވެސް ލައިވް ސްޓްރީމް މެދުވެރިކޮށް ބަލަމުންދިޔަ އެ ސެޝަންގައި ޝައިހް ދެއްކެވި ވާހަކައިގައި ރަމަޟާން މަހުގެ މާތްކަމާއި، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން ވަރަށް އިލްމީ އަދި މައުލޫމާތު މުއްސަނދި ނަސޭހަތާއެކު އިރުޝާދުތަކެއް ދެއްވާފައިވާ ކަމަށެވެ.
އެފަދަ ސެޝަންތަކުގެ މަގުސަދަކީ ރަމަޟާން މަހާ ކުރިމަތިލާ އިރު، މުވައްޒަފުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް، އަޅުކަމަށް ހާއްސަ ސަމާލުކަމެއްދީ، ހެޔު އަމަލު ކުރުމުގައި ދެމިތިބުމަށް ހިތްވަރުދިނުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ