އައްޑޫ ސިޓީގެ އިދާރީ ދާއިރާގައި ހިމެނޭ ރަށްތަކުގެ އިހުތިސާސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.
ރައީސް ގެންނެވި އެ ބަދަލާއެކު އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫއާއި މީދޫ މިހާރު ވަނީ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެ ނިންމެވުން ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި އައްޑޫގައި ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރެއްވުމަށްފަހުގައި ކަމަށެވެ.
އެ ވޯޓުގައި އައްޑޫ ރައްޔިތުން ނިންމާފައިވަނީ ހުޅުދޫއާއި މީދޫއަކީ ވަކި ދެ ރަށެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަލަށް ގެނައި ބަދަލާއެކު އައްޑޫ ސިޓީގެ އިހުތިސާސްގައި މިހާރު ހިމެނޭނީ:
- ހިތަދޫ
- މަރަދޫ
- މަރަދޫފޭދޫ
- ފޭދޫ
- ސަވާހެލި (ފަޅުރަށެއް)
މީގެ އިތުރުން، ވަކި ރަށެއްގެ ގޮތުގައި ކަނޑައެޅި މީދޫގެ އިދާރީ އިހުތިސާސްގެ ތެރޭގައި ވެސް ފަޅުރަށެއް ހިމެނޭ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު