މި ރޯދަ މަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީނުގެ ތިރީގައިވާ 'ފީޗާޑް ބައިން 'ފިތުރު ޒަކާތް' އިހުތިޔާރު ކޮށްގެން، ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ ކަމަށެވެ.

ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ. އަދި، ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6:00އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ރޯދަމަހު އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފުކޮށްފައެވެ.