ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީން ހިންގި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ދެވަނަ ބެޗްގެ ތަމްރީނުތައް ކުރިއަށްގެންގޮސްފިއެވެ.

"ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ދެވަނަ ބެޗްގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 4 އިން 12 އަށެވެ.

ސްޓެލްކޯ އިން ބުނީ އެ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މައުލޫމާތާއި އަމަލީ ތަމްރީނުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް އަލިއަޅުވާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމު ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި ވެސް އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކުރިއެވެ.