ސްރީލަންކާގައި 2019 ވަނަ އަހަރު ކްރިސްޓިއަން ދީނުގެ ހަރަކާތެއްގައި ބޮން ގޮއްވި މައްސަލައިގައި އެގައުމުގެ ކުރީގެ އިންޓެލިޖެންސްގެ ޗީފް މޭޖާ ޖެނެރަލް ސުރެޝް ސައްލޭ ބައިވެރިވެފައިވާ ކަމަށް ލަންކާ ފުލުހުން ބުނެއެވެ.

އެމައްސަލައިގައި ކުރީގެ ޗީފްގެ މައްޗަށް އެކަމުގައި ބައިވެރިވިކަން ފާހަގަ ވުމާއެކު އިއްޔެ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ރިޕޯޓުތަކުން ވަނީ އީސްޓާ އެޓޭކްގައި ސުރޭޝް ބައިވެރިވެފައިވާ ކަމަށާއި އެހަމަލާ ދިނުމަށް މަގުފަހި ކޮށްފައިވާ ކަމަށްވެސް ސާބިތުވާ ކަމަށް ބުނެފައެވެ.

ފުލުހުން ވަނީ އެހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާއި ކުރީގެ އިންޓެލް ޗީފް ސުރޭޝްއާ ގުޅުން އޮތް ކަމަށާއި އަދި މިހާރުވެސް އެގުރޫޕާ ގުޅުން އޮންނަ ކަމަށް ބުނެފައެވެ.

ލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓަ އެޓޭކްގައި ގާތް ގާތުގައި އެގައުމުގެ މުހިންމު ފަސް ސަރަހައްދެއްގައި ވަނީ ގޮއްވާލައިފައެވެ.

އެހަމަލާގައި 279 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އެގައުމުން ބޭރު 45 މީހުން ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

އީސްޓަ އެޓޭކް ދީފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ގުރޫޕަކުން ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެެވެ.