އާންމުންގެ ތަރުހީބު ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓް، އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ގުޑިފެސްޓް ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 އިން 6:00 އަށް މާލޭ އުސްފަސްގަންޑު ސަރަހައްދުގައެވެ.
ދިރާގުން ބުނީ ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް ހިލޭ ލިބިގެންދާނެ ކަމަށެވެ.
ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. އެގޮތުން، ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން، މިއަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު