މިއަހަރުގެ ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ މެންދުރު 2:00 އަށް ހަމަވާނެއެވެ.
އެ ފޯރިގަދަ މުބާރާތް މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 އިން 7 އަށް ސޯޝަލް ސެންޓަރު އައުޓްޑޯ ކޯޓުގައެވެ.
ދިރާގުން ބުނީ ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.
މިދިޔަ އަހަރު އެ މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމުލަ 408 ކުޅުންތެރިން ވަނީ ފެނިގެންގޮސްފައެވެ.
މިއަހަރު އެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެ ކެޓަގަރީތަކަކީ؛
އެކެޑެމީ ކެޓެގަރީ
- 8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
- 10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
- 12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
އޯޕެން ކެޓެގަރީ
- 14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
- 16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
- 18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
- ފިރިހެން ޑިވިޝަން 1
- ފިރިހެން ޑިވިޝަން 2
- އަންހެން ޑިވިޝަން
- ބެލެނިވެރިން – ފިރިހެން
- ބެލެނިވެރިން – އަންހެން
އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯޅަ ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ