ސްރީ ލަންކާގައި އިއްޔެ ފެށި 18 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން އަދި ފިރިހެން ބާސްކެޓް ޓީމުތަކުން ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެެވެ.
ސާބާގެ ކޮލިފައިންގައި އަންހެން ޑިވިޝަނުގައި ރާއްޖެއާއި ސްރީ ލަންކާގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާ އިރު، ފިރިހެން ޑިވިޝަނުގައި ވާދަކުރާނީ ރާއްޖެ، ސްރީ ލަންކާ އަދި އިންޑިއާއެވެ.
ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ކުޅުނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެމެޗުން ސްރީ ލަންކާ މޮޅުވީ 74-44 އިންނެވެ. ލަންކާއިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ފުރަތަމަ ކުއާޓާގެ އިތުރުން ފަހު ކުއާޓާގައެވެ. އަނެއް ދެ ކުއާޓާގައި ރާއްޖޭން ވަނީ ރަނގަޅަށް ވާދަކޮށްފައެވެ. ހައްސަކޮށް ތިންވަނަ ކުއާޓާގައި ރާއްޖޭން ވަނީ ލަންކާއާ ފަރަގު ކުޑަކޮށްފައެވެ.
މެޗުގައި ރާއްޖޭގެ ކެޕްޓަން މަރިޔަމް ކައިލީން ޝިރްހާން 13 ޕޮއިންޓް ހޯދައިދިން އިރު، ލައިރާ އަހުމަދު ފިރާޝް ނުވަ ޕޮއިންޓް ހޯދައިދިނެވެ.
ރާއްޖޭގެ ފިރިހެން ޓީމުން އިންޑިއާ ކައިރިން 130-57 ޕޮއިންޓުން ބަލިވި އިރު، އިންޑިއާއަކީ އެންމެ ވަރުގަދަ ޓީމެވެ. އެމެޗުގައި އިންޑިއާ ޑޮމިނޭޓް ކުރި އިރު، ރާއްޖެއަށް އެންމެ ރަނގަޅަށް ޕޮއިންޓް ހޯދައިދިން އިއާން ޔޫސުފް ޝިހާމާއި އިސްމައިލް ޒުއިޒް މުހައްމަދު ޒިލާލާއި ރަފޭލް އަބްދިލް އަލީމް ވަނީ ކޮންމެ ކުޅުންތެރިޔަކު 11 ޕޮއިންޓް ހޯދައިފައެވެ.
ރާއްޖޭގެ ފިރިހެން ޓީމުން މިއަދު އިރުއޮއްސި 6:30 ގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުންނަ އިރު، އަންހެން ޓީމުން ދެން ކުޅޭނީ މާދަމާ ހަވީރުއެވެ. އެއީ އިންޑިއާއާ ދެކޮޅަށެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ