ސްރީ ލަންކާގައި އިއްޔެ ފެށި 18 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓް ޓީމުތަކުން ކުޅުނު ލޯ މެޑަލް މެޗުގައި ބަންގްލަދޭޝް ބަލިކޮށްފިއެވެ.
ސާބާގެ ކޮލިފައިންގައި ފިރިހެން ޑިވިޝަނުގައި ވާދަކުރީ ރާއްޖެ، ސްރީ ލަންކާގެ އިތުރުން އިންޑިއާއާއި ބަންގްލަދޭޝްއެވެ.
ރާއްޖޭގެ ފިރިހެން ޓީމުން އިންޑިއާ ކައިރިން 130-57 ޕޮއިންޓުން ބަލިވި އިރު، ލަންކާ ކައިރިން ބަލިވީ 132-42 ޕޮއިންޓުންނެވެ. އޭގެފަހުން ލީގު ބުރުގައި ބަންގްލަދޭޝް ކައިރިންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެއީ 88-48 އިންނެވެ.
އެހެން ނަމަވެސް މިއަދު ކުޅުނު މެޗުގައި ރާއްޖޭން ވަނީ 62-59 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖޭން 12-20 އިން ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ކުއާޓާގައި ބަންގްލަދޭޝްއިން އަނެއްކާވެސް ހިތްވަރުކުރިއެވެ. އަދި ތިންވަނަ ކުއާޓާގައި ދެޓީމުންވެސް އެއްވަރަށް ޕޮއިންޓް ހޯދާފައިވާ އިރު، ފަހު ކުއާޓާގައި ރާއްޖޭން ތަފާތު ދައްކައި މެޗު ކާމިޔާބުކުރިއެވެ.
މެޗުގައި ރާއްޖޭގެ އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް 19 ޕޮއިންޓް ހޯދި އިރު، އިއާން ޔޫސުފް ޝިހާމާއި ޔޫސުފް ކައިލް މުހައްމަދު ސިފާން ކޮންމެ ކުޅުންތެރިޔަކު 12 ޕޮއިންޓް ހޯދިއެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ