ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު "ދޮރުންދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް އާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް މިއަދުގެ "ދޮރުންދޮރަށް" ހަރަކާތް ފެށީ މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ކަންމަތިންނެވެ.

ރައީސް މުއިއްޒު ދޮރުންދޮރަށް ހިންގަވަނީ --- ވަން ފޮޓޯ

މިއަދު މެންދުރު 1:15 ގައި ފެށި އެ ހަރަކާތުގައި ރައީސް ވަނީ މައްޗަންގޮޅީގެ ހަ ގެއަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ.

ކައުންސިލް އިންތިހާބުގައި އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.