ހަ ދުވަސް ވީ އިރުވެސް މާލެއިން ގެެއްލުނު މީހާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އާންމުގެ އެހީ ހޯދުމަށް ފުލުހުން އިއުލާނު ކުރީ އިއްޔެގެ ވަގުތެއްގައެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ އެ ގެެއްލުނު މީހާގެ އަދިވެސް ނުފެންނަ ކަމަށެވެ.
ފުލުހުން ރޭ ބުނީ މިމަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ޑިޕާޓްމަންޓުތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
އިބްރާހީމް އިމްތިޔާޒް އަލީއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅަައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް