ޓްރަމްޕުގެ ''ބޯޑް އޮފް ޕީސް''އަށް އެމެރިކާއިން ދިހަ ބިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕު އިސްވެ އުފައްދާފައިވާ ''ބޯޑް އޮފް ޕީސް''ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާއިން ދިހަ ބިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.

''ބޯޑް އޮފް ޕީސް'' ނަމުގައި ގިނަ ގައުމުތަކެއް ގުޅިގެން އުފައްދާފައިވާ ބޯޑުގެ މައިގަނޑު ބޭނުމެއްކަމުގައި ފުރަތަމަ ހަމަޖައްސާފައިވަނީ ގާޒާއަށް އެހީވުމާއި ގާޒާ އާރާސްތުކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

''ބޯޑް އޮފް ޕީސް''ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ އިރު، އެމެރިކާއިން ވަނީ ރައީސް ޓްރަމްްޕްގެ ސީދާ އޯޑަރަށް އެމެރިކާގެ ބޮޑު ފޯސްއަކާއި މަނަަވަރުތަކެއް އިރާނަށް ބިރުދެއްކުމުގެ ގޮތުން މެދުއިރުމައްޗަށް ޖަމާކޮށްފައެވެ.

ޓްރަމްޕްގެ ''ބޯޑް އޮފް ޕީސް''ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި އިސްރާއީލު ހިމެެނެއެވެ. އޭގެ އިތުރުން އިސްލާމީ އަރަބި ގައުމުތަކުން ވެސް ''ބޯޑް އޮފް ޕީސް''ގައި ބައިވެރިވެފައިވާ އިރު، ގައުމުތަކުން ވަނީ އެމެރިކާއާއި އިސްރާއީލާ މެދު ހިތްހަމަނުޖެހި ވާހަކަދައްކައިފައެވެ.