ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް ހުޅުވައިފިއެވެ.
އެ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެ ފިހާރަ ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ސަރުކާރުން ފުރަތަމަ އައިނު ފިހާރައެއް ހުޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗުގައެވެ.
އޭގެ ފަހުން ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވިއެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާނުލައި ރައްޔިތުންނަށް އައިނު ލިބޭނެ އިމްތިޔާޒު ހަމަޖައްސައިދިނުމެވެ. އަދި ނަންބަރު އައިނު ހަދައިދުނުމުގެ ހިދުމަތަކީ، ވިޔަފާރީގެ އުސޫލުންދޭ ހިދުމަތެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަލީ ޔާމިން
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް