ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގަޑިތައް ކަނޑައަޅައިފިއެވެ.
އެމްޕީއެލުން މިއަދު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ގަޑިތައް އިއުލާނުކޮށްފައެވެ.
ބޯޓު ފަހަރުން މުދާ އަރުވައި ބޭލުން:
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް - ހެނދުނު 9 އިން ހަވީރު 4 އަށް. ރޭގަނޑު 9 އިން ދަންވަރު 1:30 އަށް
- ހުކުރު ދުވަހު - ރޭގަނޑު 9 އިން ދަންވަރު 1:30 އަށް
ކޮންޓެއިނާ ޝިފްޓިން (މާލެ / ހުޅުމާލެ):
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަަށް - ހެނދުނު 9 އިން ހަވީރު 4 އަށް. ރޭގަނޑު 9 އިން ދަންވަރު 1:30 އަށް
- ހުކުރު ދުވަހު - ރޭގަނޑު 9 އިން ދަންވަރު 1:30 އަށް
ކްލިއާ ކުރުމަށް އެސައިން ކުރުން:
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަަށް - ހެނދުނު 9 އިން މެންދުރު 1 އަށް. ރޭގަނޑު 9 އިން 10:30 އަށް
- ހުކުރު ދުވަސް ބަންދު
އާންމު ހިދުމަތުގެ ދަށުން (ނޯމަލް ޝިފްޓިން) ކްލިއާ ކުރާ ސަރަހައްދަށް ގެންދިއުމަށް ނޯޓުކޮށްދެވޭ ކޮންޓެއިނަރުގެ އަދަދު:
- ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް - 150 ޓީއީ ޔޫސް
- ހުކުރު ދުވަހު - ބަންދު
- ބައި ދުވަހަކަށް - 100 ޓީއީ ޔޫސް
އޮންލައިންކޮށް ޝިފްޓިން އަށް ރިކްއެސްޓް ކުރަން ފެށޭ ގަޑި އާއި ނިމޭ ގަޑި:
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް - ފެށޭގަޑި: ހެނދުނު 10 ޖަހާއިރު، ނިމޭގަޑި: ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު
ޖެހިގެން އަންނަ ދުވަހުގެ އެކްސްޕްރެސް (ނޯމަލް އެކްސްޕްރެސް) އަދި ޑެއިލީ އެކްސްޕްރެސްއަށް ނޯޓް ކުރެވޭ ގަޑި:
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް - ނޯމަލް އެކްސްޕްރެސް: ރޭގަނޑު 8:30 އިން ޖެހިގެން އަންނަ ދުވަހުގެ 10:30 އަށް، ޑެއިލީ އެކްސްޕްރެސް: ހެނދުނު 9:15 އިން މެންދުރުފަހު 1:00 އަށް
- މައިބަނދަރު ހުޅުވާނީ ޕޯޓަލްގެ ތެރެއިން
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް