އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ތަފާތު ޑިޖިޓަލް ތަޖުރިބާއެއް ގެނެސްދިނުމަށްޓަކައި "އުރީދޫ ކަރާފެޅުން" އަދި ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

މިއަހަރުގެ ކެމްޕޭނު ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާ ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާއެކެވެ. މި ކެމްޕެއިންގެ މައިގަނޑު އަސާސަކީ ރޯދަ މަހުގެ ހަގީގީ ރޫހު ކަމުގައިވާ އޯގާތެރިކަމާއި ފިކުރާއި އަގީދާއާއި އެއްބައިވަންތަކަމުގެ ރޫހެވެ.

މީގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް އެކަތިގަނޑަކަށްވެ، ޖީލުތަކަށް ވާރުތަވަމުން އަންނަ ރީތި ދިވެހި ސަގާފަތެވެ. އެ ކެމްޕެއިން ފާހަގަކުރަނީ ހަގީގީ ސުޕަޕަވާ އަކީ ކޮންމެ މީހެއްގެ ކިބައިގައި ވެސް އޮންނަ އެއްޗެއްކަން ގަބޫލު ކުރުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ކަރާ ފެޅުން

މި ކެމްޕެއިންގެ ދަށުން އުރީދޫ ކަރާފެޅުން ގޭމް ސުޕައެޕް މެދުވެރިކޮށް ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅެވޭނެއެވެ.

• ކަރާ ފެޅުމަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ކުޅުންތެރިން ބައިވެރިވާނެ

މީގައި ހިމެނެނީ:

• ބޮޑު އިނާމެއްގެ ގޮތުގައި 100،000 ރުފިޔާގެ ހާއްސަ ބަންޑަލްއެއް ލިބޭނެއެވެ.

o ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް ޑްރޯން

o ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ ޑްރޯން

o އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ

o ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓާ ކޮމްބޯ

o އެޕަލް ޕެންސިލް އާއެކު އައިޕެޑް އެއާ

o މެކްބުކް އެއާ އެމް

o ފަސް އައިފޯން 17 ޕްރޯ (256 ޖީބީ)

މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުން ކުޅެގެން ރޯދަ މަހު ހިލޭ ޑޭޓާ، ފައިސާގެ އިނާމު އަދި އެހެނިހެން ހިތްގައިމު ހަދިޔާތައް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ސުޕަނެޓް

• ހޮވާލެވޭ ސުޕަނެޓް ޕެކޭޖްތަކަށް ހިލޭ ސްޕީޑް އަޕްގްރޭޑް ލިބިގެންދާނެ

އަޕްގްރޭޑް ކޮށްފައިވާ ސްޕީޑްތަކުގެ ތެރޭގައި:

o ސުޕަނެޓް އަންލިމިޓެޑް 30 އެމް އަށް 100 އެމްބީޕީއެސް

o ސުޕަނެޓް އަންލިމިޓެޑް 50 އެމް އަށް 150 އެމްބީޕީއެސް

o ސުޕަނެޓް އަންލިމިޓެޑް 100 އެމް އަށް 200 އެމްބީޕީއެސް

o ސުޕަނެޓް އަންލިމިޓެޑް 200 އެމް އަށް 250 އެމްބީޕީއެސް

މި އަޕްގްރޭޑްތަކުގެ ބޭނުމަކީ މުޅި މަހު މެދުކެނޑުމެއްނެތް ގުޅުން ދެމެހެއްޓުމަށް އެހީތެރިވެދިނުން ކަމަށް އުރީދޫން ބުންޏެވެ.

ހާރުދަން ޕެކްތައް

• އުރީދޫ އެޕް މެދުވެރިކޮށް މެންދަމު 1:00 އިން ފަތިހު 5:00 އަށް ލިބޭނެ

• ޑޭޓާ ޕެކް: ރެގިއުލާ 5 ޖީބީ ޑޭޓާ 35 ރުފިޔާ (24 ގަޑިއިރަށް ލިބޭނެ)

• ވޮއިސް ޕެކް: އަންލިމިޓެޑް ކޯލް އުރީދޫއަށް 10 ރުފިޔާ (24 ގަޑިއިރަށް ދެމިގެންދާނެ)

އުރީދޫން ބުނީ މި ޕެކްތަކަކީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖުތަކެއް ކަމަށެވެ. އަދި އެޕްގައި ކައުންޓްޑައުން ޓައިމާ އިން ދެން އެކްޓިވޭޓް ކުރެވޭނެ މުއްދަތު ދައްކާނެ ކަމަށް ބުންޏެވެ.

ވެލިއު ޝެއާ ޕްލަސް

• ޖުމްލަ 100 ޖީބީ ޑޭޓާ

  • 40 ޖީބީ ޕާސަނަލް ޑޭޓާ
  • 60 ޖީބީ ޝެއާޑް ޑޭޓާ (30 ޖީބީ + 30 ޖީބީ ޝެއާ ކުރުން)

• 10 ދުވަހުގެ މުއްދަތަށް 300 ރުފިޔާ.

މި ޕެކް މެދުވެރިކޮށް އާއިލާ އާއި ރަހުމަތްތެރިންނަށް ނުވަތަ ގިނަ ޑިވައިސްތަކަށް ފަސޭހައިން ޑޭޓާ ޝެއާ ކުރެވޭނެއެވެ.

ބޯޑާލެސް ޕާސް - ބޭރު ގައުމުތަކުގައި އާއިލާތައް ގުޅުވައިދިނުން

ރޯދަ މަހު ރާއްޖެއިން ބޭރުގައި ތިބި ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކޮށް އުރީދޫން ވަނީ ބޯޑަލެސް ޕާސް ތައާރަފުކޮށްފައެވެ.

• ހޮވާލެވޭ ގައުމުތަކަށް 30 އައިޑީޑީ މިނެޓާއި ދެ ޖީބީ އައިއެމްއޯ ޑޭޓާ

• އަގު: 3 ދުވަހުގެ މުއްދަތަށް 45 ރުފިޔާ

• ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ލިބޭނެ

• ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ފިލިޕީންސް އަދި ސްރީލަންކާއަށް ކުރާ ކޯލްތަކަށް އެޕްލައި ކުރެވޭނެ

ނަމާދު އެލާޓް ސާވިސް

އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫން ހިލޭ ނަމާދު އެލާޓްގެ ހިދުމަތް މިއަހަރުވެސް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް ނޮޓިފިކޭޝަން ލިބުމަށް ސަބްސްކްރައިބް ކުރަން ޖެހޭނެ ކަމަށްް އުރީދޫން ބުންޏެވެ.

އެމް-ފައިސާ ރޯދަ އިނީޝިއޭޓިވްސް

ރޯދަ މަހާ ދިމާކޮށް އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" މެދުވެރިކޮށް ދީލަތިކަމުގެ ރޫހު ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުނެއެވެ.

ޒަކާތް ދެއްކުން

• ކަސްޓަމަރުން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

• ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 28 ވަނަ ރޯދަ މަހުގެ ހެނދުނު 6:00 އާ ހަމައަށް

• ރައްކާތެރި، ފަސޭހަ އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދެއްކޭނެ

ރޯދަ ވީއްލުން ހަދިޔާ ކުރުން

• ރޯދަ ވީއްލުން ޕެކް އެމް-ފައިސާ މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގެ މިސްކިތްތަކަށް ހަދިޔާ ކުރެވޭނެ

އެމް-ފައިސާ ޑޮނޭޝަން ހަބް

އެމް ފައިސާ ޑޮނޭޝަން ހަބް މެދުވެރިކޮށް އެކި ޖަމިއްޔާތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ. މި ރޯދަމަހު ތިރީގައިވާ އެންޖީއޯ ތަކަށް ޑޮނޭޓް ކުރެވޭނެއެވެ.

  • ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
  • ފިޔަވަތި
  • އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • ކުރިއަށް އޮތް ތަނުގައި އިތުރު އެންޖީއޯތައް އިތުރުކުރާނެ

މި ރޯދަ މަހުގެ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ފަސޭހަކުރުމަށާއި މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، ފައިދާހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެމުންނެވެ.

މީގެ އިތުރުން މުނިފޫހިފިލުވުމާއި ކަނެކްޓިވިޓީ ސޮލިއުޝަންތަކުން ފެށިގެން ދީލަތިކަމާއި އިތުބާރަށް ހިތްވަރުދޭ އިނީޝިއޭޓިވްތަކާ ހަމައަށް، އެ ކުންފުނިން މަސައްކަތް ކުރަނީ މި ރޯދަމަހަށް ހާއްސަ ކަންތައްތަކެއް ފޯރުކޮށްދިނުމަށެވެ.