ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރެވޭ ހާލަތްތަކެއް ކަނޑައަޅަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.
ގާނޫނުގެ 65 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާގައިވާ މި އިސްލާހުގައި ބުނެފައިވަނީ، މި މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ވަކި ބާވަތެއްގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކަށް ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެގޮތަށް ކޯޓާ ފީ ދެއްކުން އިސްތިސްނާ ދެވޭ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް