ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ "އުކްލާ ސްޕީޑް ޓެސްޓް އެވޯޑް" އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޯކްލާއިން ދޭ އެވޯޑަކީ ހަގީގީ ދުނިޔެ، ކޮންސިއުމާ އިނީޝިއޭޓިވް ސްޕީޑް ޓެސްޓް ޑޭޓާ ދިރާސާ ކުރުމުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ.

މި އެވޯޑްތަކުގައި ބޭނުން ކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އެކެވެ. މިއީ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުންދާ މަސައްކަތާއި އާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށް އެކުންފުނިން ބުންޏެވެ.

"ރާއްޖޭގައި ބެސްޓް ފިކްސްޑް ނެޓްވޯކްގެ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. އަޅުގަނޑުމެންގެ ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމާއި ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށެވެ. އަދި މާދަމާގެ ޑިޖިޓަލް މުސްތަގުބަލަށް ރާއްޖެ ތައްޔާރުކޮށް، ކޮންމެ ދިވެހި ރައްޔިތަކު މިއަދު ގުޅުވާލެވޭ ހަލުވި، އިތުބާރު ހިފޭ ކަނެކްޓިވިޓީއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެން." އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން ދާއިރު، އިގުތިސޯދީ ކުރިއެރުމަށާއި ތައުލީމީ ދާއިރާއަށާއި ފަތުރުވެރިކަމާއި ފިންޓެކް އަދި އާންމު ދިރިއުޅުމަށް އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ދަނީ ޒަމާނީ ފައިބާ ނެޓްވޯކްތަކާއި ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި ކަސްޓަމާ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ.

އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ހިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެއެވެ.

އޭގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި އުނގެނުމާއި ސްޓްރީމް ކުރުމާއި ގުޅުވާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި މިއީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސްގެ ތަސައްވުރު ކަމަށް ބުންޏެވެ.