ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އަވަހަށް ހަލާކުވާ ކާބޯތަކެތި ބެހެއްޓުމަށް 3،000 އަކަފޫޓުގެ ޝެޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމްކޮށްފިއެވެ.
އެމްޕީއެލުން އިއްޔެ ބުނީ އެ ޝެޑަކީ ހިޔާ ކުރެވިފައިވާ ޝެޑެއް ކަމަށާއި އެކަމުން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، ހަލުވި ކަމާއެކު މުދާ ކްލިއާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަކީ ވެސް ރާއްޖެއަށް ގިނަ އަދަދެއްްގެ ކާބޯތަކެތި އެތެރެކުރާ މަހަކަށްވުމުން އެމްޕީއެލުން ދަނީ އަވަހަށް ހަލާކުވާޒާތުގެ މުދާތައް ޕޯޓުން ބޭރުކުރެވޭނެ މަގުތައް ފަހިކުރަމުންނެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހުގައި ވެސް ކާބޯތަކެތި، ރައްކާތެރިކަމާ އެކު ކްލިއާ ކުރުމަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް