ކ. ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ސްޓެލްކޯ އިން ބުނީ ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި އެ ތަމްރީނު ޕްރޮގްރާމަކީ ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
އެ ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ، އާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ރާއްޖޭގެ ރަށްރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެ ކުންފުނިން އަހުލުވެރިކުރުމުގެ އެކި ޕްރޮގްރާމުތައް ހިންގަމުންދެއެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ