ޓިކްޓޮކް ހަދައިގެން ތައިލެންޑް ދެކޮޅު ޓިކެޓު ލިބޭ ޗެލެންޖެއް ސޯސަން ފިހާރައިން ހުޅުވާލައިފިއެވެ.

ސޯސަން ފިހާރައިން ބުނީ "ކުކް އެންޑް ވިން"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޗެލެންޖުގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެއެވެ. އެ ޗެލެންޖުގައި ބައިވެރިވުމަށް:

  • ސޯސަން ފިހާރައިން ލިބެން ހުންނަ "ރިއަލް ތައި" ކާށި ކިރު ބޭނުންކޮށްގެން ރެސިޕީއެއް ތައްޔާރު ކުރަންޖެހޭ
  • "ރިއަލް ތައި" ކާށިކިރު ޕެކެޓު ވީޑިއޯ އިން ފެންނަން ހުންނަން ޖެހޭނެ
  • މި މަހު 19 އިން 10 މާޗުގެ ނިޔަލަށް ޓިކްޓޮކްގައި ވީޑިއޯ ޕޯސްޓު ކުރަން ޖެހޭނެ
  • #Realthaicookingchallenge2026 #RealThaiCoconutMilk #RealThaiMaldives އަދި #SosunFihaara ޓެގް ޖަހަން ޖެހޭނެ
  • ސޯސަން ފިހާރައި ޓެގް ކުރަން ޖެހޭނެ
  • ބައިވެރިވާ އެކައުންޓަކީ ޕަބްލިކް އެކައުންޓަކަށްވާން ޖެހޭނެ

ސޯސަން ފިހާރައިން ބުނީ ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި އަދި އެންމެ ގިނަ މީހުންނަށް ކަމުދާ (ވިއުސް، ޝެއާ އަދި ލައިކްސް އަށް ބަލައި) 10 ވީޑިއޯއެއް ޝޯޓްލިސްޓް ކުރާނެ ކަމަށެވެ.

އެ ވީޑިއޯތަކަށް ވޯޓުލުމުގެ ފުރުސަތު ސޯސަން ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ހުޅުވާލާނެ ކަމަށާއި ވޯޓުލުން ހަ ރޯދައިގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ގިނަ ސައްހަ ވޯޓު ލިބޭ ފަރާތަކަށް ތައިލެންޑަށް ދިއުމުގެ ދެކޮޅު ޓިކެޓް ލިބޭނެއެވެ.