އެމެރިކާ އާއި އިރާނުގެ މަޝްވަރާގެ ދެވަނަ ބުރު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން އިރާނާއެކު މަޝްވަރާ ފަށާފައިވާއިރު މަޝްވަރާގެ ފުރަތަމަ ބުރު މިމަހުގެ ކުރީކޮޅު ވަނީ އޮމާންގައި ބާއްވައިފައެވެ.

އެމެރިކާ އާއި އިރާނުގެ މަޝްވަރާގެ ދެވަނަ ބުރު އަންނަ އަންގާރަ ދުވަހު ސްވިޒަލްނެޑުގެ ޖެނީވާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އިރާނުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ޕޮލިޓިކަލް އެފެއާޒް މާޖިދް ރަކްތް ރަވަންޗީ ވިދާޅުވީ މިހާރު ބޯޅަ އޮތީ އެމެރިކާ ކޮޅުގައި ކަމަށާއި އިރާނުން ހުޅަހަޅާފައިވާ ކަންކަމަށް އެއްބަސް ވުމުން އެގްރީމަންޓަކާ ހަމައަށް ދެވޭނެ ކަމަށެވެ. އިރާނުން ހުށަހެޅުންތަކުގެ އިތުރު ތަފްސީލެއް މާޖިދް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާއާއި އިރާނުގެ މަޝްވަރާގެ ފުރަތަމަ ބުރު ފެބްރުއަރީ ހަވަނަ ދުވަހު ބާއްވާފައިވާ އިރު އިރާނުން ވަނީ އެމަޝްވަރާ ވަރަށް ކާމިޔާބު ކަމުގައި ފާހަގަކޮށްފައެވެ.

އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ތުހުމަތު ކޮށް އެގައުމުން މަޝްވަރާއަށް ނުގޮސްފިނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުދީ އެމެރިކާއިން ވަނީ އެގައުމުގެ ސިފައިންނާއި މަނަވަރުތައް އިރާނާ ގާތަށް ފޮނުވައިފައެވެ.

އިރާނުން ވަނީ އެމެރިކާއިން އޮޅިގެން ހަމަލާއެއް ދިނަސް އެކަމުގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ދީފައެވެ.