މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުސްވެފައިވާ ޗެއާމަންގެ މަގާމަށް ހުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކުރައްވައިފިއެވެ.
މަޓީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އޯގަސްޓު މަހު އަވަހާރަވުމާ ގުޅިގެންނެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މަޓީގެ ޗެއާމަންގެ މަގާމަށް ޗަމްޕާ އަފީފް އައްޔަންކުރެއްވީ ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ ވަނީ އާ ދައުރަކަށް އިންތިހާބުކޮށްފައެވެ.
ޗަމްޕާ އަފީފަކީ މަޓީގެ ނިމިދިޔަ ދައުރުގައި އެ ޖަމިއްޔާގެ ނައިބު ޗެއާމަންއެވެ. މި ދައުރުގެ ނައިބު ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ ސޮލާހް ޝިހާބެވެ.
އާއިޝަތު މާހާ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)