މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ތިން ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިބޭ ކުންފުނީގެ ޕާޓްނަރުން, އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.
އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ ކާމިޔާބީ މިނެކިރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށެވެ. ނަމަވެސް ކުރިއެރުމަކީ ހަމައެކަނި އަދަދުތަކެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.
ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:
- އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް
- ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް
ޕަސެންޖާ އެވޯޑް (އިންޓަނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖާ ގްރޯތު:
- އީސްޓް އެންޑް ސައުތުއީސްޓް އޭޝިއާ: އެއާއޭޝިއާ
- މިޑިލް އީސްޓް: އެތިހާދު އެއާވޭސް
- ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
- ޔޫރަޕް: ވާޖިން އެޓްލާންޓިކް
- އިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ
ޕަސެންޖާ އެވޯޑް (އިންޓަނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަ ތުރޫޕުޓް:
- އީސްޓް އެންޑް ސައުތުއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސް
- މިޑިލް އީސްޓް: އެމިރޭޓްސް
- ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
- ޔޫރަޕް: ޓާކިޝް އެއާލައިންސް
- އިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ
ޕެސެންޖާ އެވޯޑް (ޑޮމެސްޓިކް)
- ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަ ގްރޯތު: މަންތާ އެއާ
- ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަ ތުރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
ކާގޯ އެވޯޑް:
- ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް
- ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
- ޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
- ޓޮޕް އެއާލައިން ބައި ކާގޯ ތުރޫޕުޓް: އެމިރޭޓްސް
ލައުންޖް އެވޯޑް ކެޓަގަރީ:
- ވިލު ޕާޓްނާ އެވޯޑް – ޖަވަކަރަ އައިލެންޑް މޯލްޑިވްސް
- މާމަހި ޕާޓްނާ އެވޯޑް (ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާ): އަވިއާ މޯލްޑިވްސް
- މަހި ޕާޓްނާ އެވޯޑް (ރިސޯޓް): ސޮނެވާ ރިސޯޓްސް, މޯލްޑިވްސް
- ކޮވެލި ޕާޓްނާ އެވޯޑް - އެމިރޭޓްސް
އާއިޝަތު މާހާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް