ބަންގުލަދޭޝްގެ އާންމު އިންތިހާބު ނެޝަނަލިސްޓު ޕާޓީން ކާމިޔާބުކޮށްފިއެވެ.
ބަންގުލަދޭޝްގެ އާ ސަރުކާރު ގާއިމުކުރުމަށް އެ ގައުމުގައި ބޭއްވި އާންމު އިންތިހާބު އެ ގައުމުގެ ނެޝަނަލިސްޓު ޕާޓީން ކާމިޔާބުކޮށްފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިން ބައިކުޅަ ދެބައި ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
ބަންގުލަދޭޝްގެ ނެޝަނަލިސްޓު ޕާޓީން އިންތިހާބުގެ މެޖޯރިޓީ ނަގާފައިވާ އިރު، އެ ޕާޓީގެ ލީޑަރު ތާރިގުއްރަހުމާން އެގައުމުގެ އާ ބޮޑުވަޒީރަކަށް ވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނީ އާ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި ގައުމު އޮތް އިގުތިސާދީ އަނދަވަޅުން އަރައިގަތުމާއި ޑިމޮކްރަސީގެ ހަމަތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
ބަންގުލަދޭޝްގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށްފަހު ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާދިނުމަށްފަހު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. އެއަށްފަހު އެގައުމު ވަގުތީ ސަރުކާރަކާއެކު 18 މަސް ހޭދަކޮށްފައިވާ އިރު، އިންތިހާބަށްފަހު ގައުމު ހަމައަކަށް އެޅޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް