ޓްރީޓޮޕް ހޮސްޕިޓަލުގެ އެންޑަކްރިނޮލޮޖީ (ހޯމޯންގެ ބަލިތަކަށް ހާއްސަ) ހިދުމަތްތައް މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކަށް ފުޅާކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިއީ ހަކުރުބައްޔާއި ހޯމޯންގެ މައްސަލަތަކަށް ދެވޭ ހާއްސަ ފަރުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ކްލިނިކުން ފަރުވާ ލިބޭ ބަލިތަކާއި ބޭނުންވާ ޓެސްޓުތަކާއި ފަރުވާގެ ހިދުމަތްތައް:

  • ހަކުރުބަލި: ޓައިޕް 1، ޓައިޕް 2 އަދި މާބަނޑު ދުވަސްވަރު ދިމާވާ ހަކުރުބަލި
  • ތައިރޮއިޑް މައްސަލަތައް: ހައިޕާތައިރޮއިޑިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް
  • ހޯމޯންގެ މައްސަލަތައް: ޕީސީއޯއެސް، ޓެސްޓޮސްޓްރޯން ދަށްވުން އަދި އެޑްރީނަލް ގްލޭންޑްގެ މައްސަލަތައް
  • ކަށީގެ ދުޅަހެޔޮކަން: އޮސްޓިއޯޕޮރޯސިސް އަދި ކެލްސިއަމް މެޓަބޮލިޒަމްގެ މައްސަލަތައް
  • ހެދިބޮޑުވުން: ގްރޯތް ހޯމޯން ނުވަތަ ޕިޓޫއިޓަރީ ގްލޭންޑާ ގުޅުންހުރި މައްސަލަތައް

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އެ ޑިޕާޓްމަންޓަކީ ބަލިމީހުންނަށް ފުރިހަމަ އަދި ގުޅިފައިވާ ފަރުވާއެއް ފޯރުކޮށްދިނުމަށް މަޝްހޫރު ތަނެއް ކަމަށެވެ. ކޮންމެ ބަލިމީހަކަށްވެސް އެމީހަކާ ގުޅޭ އެންމެ އެކަށީގެންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި، ކާނާއާ ބެހޭ މާހިރުންނާއި، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދި ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާ އެކު މަސައްކަތް ކުރާ ކަމަށެވެ.

އެ ކްލިނިކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހަކުރުބަލި މެނޭޖްކުރުމަށް ހާއްސަ ޕްރޮގްރާމްތަކާއި، ގަވާއިދުން ހަދަންޖެހޭ ޗެކަޕްތަކާއި، އަދި ޕީސީއޯއެސްއަށް ދެވޭ ހާއްސަ ފަރުވާތައް ހިމެނޭ ކަމަށެވެ.

އެންޑަކްރިނޮލޮޖީ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުގެ ކޮންސަލްޓޭޝަން ގަޑިތައް:

  • ޑރ. ޕަންކަޖް ތިވާތުރީ (ކޮންސަލްޓަންޓް ސުޕަރސްޕެޝަލިސްޓް އެންޑަކްރިނޮލޮޖީ) މާލޭ ޓީޓީއެޗް ކްލިނިކުގައި ބަލިމީހުން ބަލަން ފަށާނީ ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.
  • ދުވަސްތަކާއި ގަޑި: ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 20:30 އިން 22:30 އަށް.
  • އެޕޮއިންޓްމަންޓް ހެދުމަށް 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެ