ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ނަސީބުވެރި ފަރާތްތައް ހޮވައިފިއެވެ.
ދިރާގުން މިއަދު ބުނީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ، ރޯދަމަހަށް ހާއްސަ ކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުން ކަމަށެވެ.
މި ގޮތުން، މި ޕްރޮމޯޝަންގެ ދެވަނަ ހަފުތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ވިލާ މާޓުގެ 5،000 ރުފިޔާގެ ޝޮޕިންގް ވައުޗާ ވަނީ ހަދިޔާކޮށްފައެވެ. މި އަގުހުރި ވައުޗަރުތައް ހާސިލުކުރި ނަސީބުވެރިންނަކީ:
- 27 ޖަނަވަރީ – މުހައްމަދު ތޮލާލް
- 28 ޖަނަވަރީ – މޫސާ ނަސްރު
- 29 ޖަނަވަރީ – މަރިޔަމް ޝިފްލީން އިސްމާއިލް
- 30 ޖަނަވަރީ – މޫސާ ފަހުމީ
- 31 ޖަނަވަރީ – ޒިޔާދު މޫސާ
- 1 ފެބުރުވަރީ – އަހްމަދު ޔޫސައު
- 2 ފެބުރުވަރީ – ހުސައިން މާހިދު
މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5000 ރުފިޔާގެ ވައުޗާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި މި ވައުޗާ ތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗާ ތަކެއް ކަމަށްވެސް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓް ކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، 20 ޖެނުއަރީ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިރާގު އެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އެންރޯލް ކުރާ ހިސާބުން ފެށިފެން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިތުރު ތަފުސީލު https://bit.ly/Dhiraagu-Roadha-Ready-26 އިން ލިބޭނެއެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު