ކެނެޑާގައި ބަޑިން ހަމަލާދީ ނުވަ މީހުން މަރާލައިފިއެވެ.
ކެނެޑާގެ ތަމްބްލާ ރިޖް ސަރަހައްދުގައި ހުރި ސްކޫލަކާއި ގެއަކަށް ދިން އެ ހަމަލާގައި ނުވަ މީހުން މަރާލާފައިވާ އިރު، ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދުގައި ހުންނަ ސެކަންޑަރީ ސްކޫލުގައި ހަ މީހަކު ވަނީ މަރާލައިފައެވެ. މީގެ އިތުރުން ސްކޫލުން އަނިޔާވެގެން ފަރުވަދެމުންދިޔަ މީހަކު ހޮސްޕިޓަލުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ސްކޫލު ހިމެނޭ ސަރަހައްދުގައި ހުންނަ ގެއަކުން ވެސް ދެ މީހަކު މަރާލާފައިވާ ކަމަށްވެސް ފާހަގަކޮށްފައެވެ.
ކެނެޑާގެ ފުލުހުން ބުނީ އެ ހަމަލާގައި 25 މީހަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށާއި އެތަނުން ދެ މީހެއްގެ ހާލު ދެރަ ކަމަށެވެ.
ފުލުހުން ވަނީ އެ ހަމަލާދީފައިވަނީ އަންހެނެއް ކަމަށާއި އެ މީހާ ވަނީ ހަމަލާދިނުމަށްފަހު އަމިއްލައަށް މަރުވެފައި ކަމަށް ބުނެފައެވެ.
ކެނެޑާގެ ކަމާބެހޭ އިދާރާތަކުން އެ ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު، މިހާތަނަށް އެ ހަމަލާދިން މީހާގެ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ހަމަލާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ސަރަހައްދު ބަންދުކޮށްފައިވާ އިރު، އިތުރު މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.
މުހައްމަދު އައުޒަމް
ކެނެޑާ
ކެނެޑާ
ކެނެޑާ
ކެނެޑާ