އިންޑޮނޭޝިއާއިން ގާޒާއަށް 8،000 ސިފަައިން ފޮނުވަން ނިންމައިފިއެވެ.
އިންޑޮނޭޝިއާގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް މައުލީ ސިމަންޖުންޓަކް ވިދާޅުވިގޮތުގައި، އެ ގައުމުން ގާޒާއަށް ފޮނުވަން ނިންމާފައިވާ ސިފައިން މިހާރު ކުރިޔަށް ގެންދަނީ ހާއްސަ ތަމްރީނުތައް ހެދުމުގެ ބައެވެ.
އިންޑޮނޭޝިއާ ވެފައިވަނީ އިސްރާއީލާއި ހަމާސް ކުރަމުންދާ ހަނގުރާމަ މަޑުޖައްސާލުމަށް އެމެރިކާއިން މެދުވެރިވެ ހަދާފައިވާ އެއްބަސްވުމަށް ފަހު ގާޒާއަށް ބޭރު ސިފައިން ފޮނުވާ ފުރަތަމަ ގައުމު ކަމުގައެވެ.
ރިޕޯޓުތައް ބުނާގޮތުން އިންޑޮނޭޝިއާއިން ގާޒާއަށް ފޮނުވާ ސިފައިން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާނީ ސިއްހީ ކަންކަމާއި އިންޖިނިއަރިންއާ ގުޅުން ހުރި ކަންކަމުގައެވެ.
އެެމެރިކާއިން އިސްވެ އޮވެ އުފައްދާފައިވާ ބޯޑް އޮފް ޕީސްގައި މިދިޔަ މަހު އިންޑޮނޭޝިއާއިން ވަނީ ބައިވެރިވެފައެވެ.
ބޯޑް އޮފް ޕީސް އިން ބައިނަލްއަގުވާމީ ހާއްސަ ފޯހެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު ގާޒާއާ ގުޅޭ ބޯޑަރު ސަރަހައްދުތަކުގައި އެފޯހުން ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމައި އަމަލު ކުރަން ފަށާނެއެވެ.
މުހައްމަދު އައުޒަމް
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ