ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށްގެންދަން ހުރަސް އެޅުމުން ނަން އިއްވައި މަޖިލިސް ތަޅުމުން ނިކުންނަން އެންގެވި މެންބަރުން ޖަލްސާއިން ނިކުންނަންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
ޖަލްސާ މެދުކަނޑާލީ 9:45 ހާއިރުއެވެ.
މިއަދުގެ ޖަލްސާގައި ނަން އިއްވައި މަޖިލިސް ތަޅުމުން ނިކުތުމަށް އިދިކޮޅު އެމްޑީޕީގެ ހަ މެންބަރަކަށް އެންގެވިއެވެ.
އެއީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް، މަޖިލީހުގެ ދަރު ކުރުކޮށްލައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފަހު މަރުހަލާގެ ބަހުސް ފެށުމުން އެކަމާ ދެކޮޅަށް އަޑުގަދަކޮށް އިހުތިޖާޖުކުރުމުންނެވެ.
އެކަމާ ގުޅިގެން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަން އިއްވައި ނިކުންނަން އެންގެވި މެންބަރުންނަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި، ވައިިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް