ސޯސަން ފިހާރައަކީ ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް މާކެޓުގައި އެންމެ "އާރުލާ" ހަރު އެއް ނަމެވެ. ރާއްޖޭގެ މާކެޓުގެ އެންމެ ކުރީސަފުގައި އިތުބާރު ހޯދާފައިވާ އެއް ޑިސްޓްރިބިއުޓަރެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި ރީޓެއިލް ފިހާރައެއްގެ ގޮތުގައި ފެށި އެ ކުންފުނި މިހާރު ވަނީ ރީޓެއިލަރުންނާއި ހޯލްސޭލަރުން އަދި ހޮސްޕިޓާލިޓީ ދާއިރާ ފުޅާ ކުރުމަށް ހިދުމަތް ދޭ އިތުބާރު ހިފޭ ގައުމީ ޑިސްޓްރިބިއުޓަރަކަށް ބަދަލުވެފަ އެވެ.
ސާޅީސް އަހަރަށްވުރެ ދިގު މުއްދަތަކަށް މެދުނުކެނޑި ހިންގަމުން އަންނަ ސޯސަން ފިހާރާ އަކީ ދުނިޔޭގެ ފެންވަރުގެ ގެސްޓުންގެ ތަޖުރިބާ އާއި އިންޓަނޭޝަނަލް ސަޕްލައި ސްޓޭންޑަޑްތަކާ އެއްކޮށްލައި، އާންމު ދިރިއުޅުމަށް ބޭނުންވާ އިތުބާރު ހިފޭ ޕްރޮޑަކްޓްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.
މިއަދު ސޯސަން ފިހާރާ އަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ އަދި ރީޓެއިލް ދާއިރާއަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރިމިއަމް ޕްރޮޑަކްޓްތަކާއި، އިތުބާރުހިފޭ ސަޕްލައި އަދި އޮޕަރޭޝަނަލް އެޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ.
ސޯސަން ފިހާރައިގެ ވާހަކައަކީ އަބަދުވެސް ކުރިއަރަމުން އަންނަ ވާހަކައެކެވެ. 1980 ގެ އަހަރުތަކުގެ ފަހުކޮޅު މަޖީދީ މަގުގައި ހުންނަ ސޯސަން ސްޓޯރުގެ ނަމުގައި އުފެއްދި މި ވިޔަފާރި ފެށުނީ ހަތަރު ޕާޓްނަރުން އެކުގައި މަސައްކަތް ކޮށްގެންނެވެ.
އޭގެ ފަހުން އައި ބަދަލަކީ ހަލުވި ދުވެއްޔެއްގައި ފުޅާވެގެން ދިއުމެއް ނޫނެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ހޯލްސޭލް ޑިސްޓްރިބިއުޝަންގެ ދާއިރާ ފުޅާކޮށް، ބައިނަލްއަގުވާމީ އެފްއެމްސީޖީ ބްރޭންޑްތަކާއެކު ދިގު މުއްދަތަކަށް ގުޅުން ބަދަހިކޮށްފަ އެވެ. މިއަދު ސޯސަން ފިހާރައަކީ މާލެއާއި ހުޅުމާލޭގައި މަޝްހޫރު އަދި އިތުބާރުކުރެވޭ ނަމެކެވެ.
ސޯސަން ފިހާރައިގެ އޮފިޝަލަކު "ވަން" އަށް ބުނި ގޮތުގައި އެ ފިހާރަ ޗެއިންގެ އަމާޒަކީ، ހަރުދަނާ ގުޅުންތަކާއި ދިގު މުއްދަތުގެ ވެލިއުއަށް ކޮމިޓްމަންޓްގެ އެހީގައި ޕާޓްނަރުންނަށް އިތުބާރު ހިފޭ، ދެމެހެއްޓެނިވި އެފްއެމްސީޖީ ޑިސްޓްރިބިއުޝަން ފޯރުކޮށްދިނުމެވެ.
ސޯސަން ފިހާރައިގެ ކާމިޔާބީ ރަމްޒުކޮށްދެނީ، އެ ކުންފުނިން ފޯރުކޮށްދޭ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކުން އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ އަގު ވަޒަންކޮށް، ވިޔަފާރި ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް 2006 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
ސޯސަން ފިހާރައިން ހޯދި ކުރިއެރުންތައް (ޓައިމްލައިން)
● 1985 - މަޖީދީ މަގުގައި ހުންނަ ސޯސަން ސްޓޯރު ހެދުން
● 1995 - ޕްރޮމިނާ ބޭބީ ފުޑް އިމްޕޯޓް ކުރަން ފެށުން
● 2010 - ސޯސަން ފިހާރަ ރީޓެއިލް ޓްރޭޑަށް ހުޅުވާލުން
● 2014 - ސޯސަން މާޓް މާލޭގައި ހުޅުވުން
● 2018 - ސޯސަން ފިހާރާ ހުޅުމާލެގައި ހުޅުވުން
● 2021 - ސޯސަން ބާޒާރު ހޯލްސޭލް ވިޔަފާރި ކުރުމަށް ނޯތު ހާބަރުގައި ހުޅުވުން
● 2024 - ސޯސަން ފިހާރައަށް 40 އަހަރު ފުރުން ފާހަގަކުރުން
ސޯސަންގެ އައުޓްލެޓްތައް:
● 2010 - ސޯސަން ފިހާރަ، މޫސާ އިބްރާހީމްދީދީ ގޯޅި، މާލެ
● 2014 - ސޯސަން މާޓް، ފާޝަނާ ކިލެގޭ މަގު، މާލެ
● 2018 - ސޯސަން ފިހާރަ ހުޅުމާލެ، ނިރޮޅު މަގު 12، ހުޅުމާލެ
● 2023 – ސޯސަން ބަނދަރު، ނޯތު ހާބަރ، ބޮޑުތަކުރުފާނު މަގު
ސޯސަން ފިހާރަ ވަނީ އާ ލޯގޯއާއެކު މިދިޔަ އަހަރު ރީބްރޭންޑުވެސް ކޮށްފައެވެ. މިއަދު ޖުމްލަ ހަަތަރު އައުޓްލެޓާއެކު ސޯސަން ފިހާރައިން އަންނަނީ ހޯލްސޭލް އަދި ރީޓެއިލް މާކެޓުގައި ފިޔަ ޖަހަމުންނެވެ.
ސާޅީސް އަހަރުގެ ދިގު ޚިދުމުން ސޯސަން ފިހާރައިން ހޯދި އެންމެ ބޮޑު ކުރިއެރުމަކީ، ދިވެހީންގެ އިތުބާރެވެ. ސޯސަން ފިހާރައިގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ އެއީ އެވެ. އެހެން ނޫން ނަމަ، ދިގު 40 އަހަރުގެ ކުރިއެރުމުގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން އައުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މިއަދު އެއީ ހަމައެކަނި ރިޓެއިލް ފިހާރައެއް ނޫނެވެ. ހަމައެކަނި ޑިސްޓްރިބިއުޓަރެއް ނޫނެވެ. އަދި ހަމައެކަނި ހޯލްސޭލް ސެންޓަރެއްވެސް ނޫނެވެ. އެއީ ހުރިހާ ދިވެހީންގެ ލޯތްބާއި އިތުބާރާއި ޔަގީންކަން ހޯދާފައިވާ ނަމެކެވެ. އާދެ، ސޯސަން ފިހާރައަކީ އިތުރު ސުވާލެއް ނެތި، ފުރިހަމަ ޔަގީންކަމާއެކު ދިވެހީން ވިޔަފާރީގައި އިޚުތިޔާރު ކުރާ އެންމެ ވަރުގަދަ އެއް "ބްރޭންޑް" އެވެ.
އަލީ ޔާމިން
ކުށް
ވަޒީފާގެ މައްސަލަތައް
އިރާނު-އިޒްރޭލު ހަނގުރާމަ
މަރު