ރޭ ކުޅުނު ޕްރެސިޑެންޓްސް ކަޕް 2026 ގެ ޕްލޭ އޮފް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ވިކްޓްރީ ސްޕޯޓްސް ކްލަބުންވެސް ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
ޕްރެޒިޑެންޓްސް ކަޕް މިއަހަރު ކުރިއަށްގެންދަން ރާވަފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ހަ ޓީމުން ވާދަކުރާ އިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފައެވެ. ގްރޫޕްތަކަށް ޓީމުތައް ބަހާލާފައިވަނީ ސީޑު ކޮށްގެންނެވެ.
ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށްވަނަ ދިޔަ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް ޕްލޭ އޮފް މެޗްތަކެއް ކުޅެން ނިންމާފައިވާ އިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ވަނީ 6-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. އެއާއެކު މިހާރު ޕްލޭ އޮފްއިން ޕްރެސިޑެންޓްސް ކަޕް ޔަގީންކުރީ އީގަލްސްއާއި ވިކްޓްރީއެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، 31 ވަނަ މިނެޓުގައި އަލީ ނަސޫހު ރަޝީދު (ޕިލާ) ވަނީ ވިކްޓްރީއަށް ލީޑު ނަގައިދީފައެވެ. އަދި އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ގޯލް ޖެހީ ދެވަނަ ހާފު ފެށިގެން މާގިނައިރެއްވެސް ނުވަނީހެވެ.
އެއާއެކު ވިކްޓްރީން މޮޅުވެ، މެޗު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުފެނިއެވެ.
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް