ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ބުނީ، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ / ލިލަކް، ހުސައިން ސަލީމް (40އ) ކަމަށެވެ.

އެ މީހާ ހޯދަނީ އޭނާގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 15 ވަނަ ދުވަހުގެ 12:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ހުސައިން ސަލީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށްވެސް ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ.