ރާއްޖޭގެ އުތުރުން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ ހދ. ކުޅުދުއްފުއްޓަށް ކަމަށާއި އެކަން ކުރެވޭނީ ކުރަން އެނގޭ ބަޔަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް، ކުޅުދުއްފުށީ ސިޓީގެ ޕީއެންސީ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުއްޓަކީ، އުތުރުގެ އިގުތިސޯދީ ނާރެސް ކަމަށާއި އެއީ އެންމެ ވަރުގަދަ އިގުތިސޯދު އޮތް ރަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ފިނިއަށި އަޅާ ބައެއް މިއަދަކު. މި ކުޅުދުއްފުށި ސިޓީ މިއީ ބޮޑު ސިޓީއެއް. ވަރުގަދަ އިގުތިސޯދެއް. ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް މިއީ. އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ މި ސިޓީއަށް،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުއްޓަށް ތަރައްގީ ގެނެވޭނީ އެކަން ކުރަން އެނގޭ ބަޔަކަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން އަންނަނީ އެ ސިޓީއަށް ތަރައްގީ ގެނެވޭނެ މަގުތައް ކޮށައިދެމުން ކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަކީ އެ ތަރައްގީ ލިބިގަންނަން އެނގޭ ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވާން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީން ސަރުކާރަށް ސާފު މެޖޯރިޓީއެއް ދީގެންނެވެ.
އަލީ ޔާމިން
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ