1997 ވަނަ އަހަރު ނުކުތް 'ބޯޑަރު' ފިލްމު ބެލިއިރު ގައިން ހީބިހި ނަގައިގެންދިޔަ ހަނދާން އެބަހުރި ހެއްޔެވެ؟ އެ ހަނދާންތައް އާކޮށްދެމުން، ސަނީ ޑިއޯލް މިވަނީ އަނެއްކާވެސް ބޮކްސް އޮފީސް ގުޑުވާލައިފައެވެ. ގިނަ ދުވަސްތަކަކަށްފަހު ސްކްރީނަށް އައި 'ބޯޑަރު 2' އަށް ބެލުންތެރިން ދެމުން އަންނަ ތަރުހީބަކީ ހީކުރި ވަރަށްވުރެ ވެސް ބޮޑު ތަރުހީބެކެވެ.
ރިޕޯޓުތައް ބުނާގޮތުން މި ފިލްމު މިހާރު ވަނީ 400 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދައި، ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައެވެ. މިއީ ހަމައެކަނި އަދަދެއް ނޫނެވެ. މިއީ ސަނީ ޑިއޯލްގެ ފިލްމީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
އެހެން ފިލްމުތަކާ އަޅައިކިޔާއިރު ކިހިނެއް؟
އޫރީ އާ އަޅައިބަލާއިރު: 'އޫރީ: ދަ ސާޖިކަލް ސްޓްރައިކް' އަކީ މަޑުމަޑުން މަގުބޫލުކަން ހޯދަމުންގޮސް ބޮޑު ހިޓަކަށް ވި ފިލްމެކެވެ. ނަމަވެސް 'ބޯޑަރު 2' ފެށުނީވެސް ވަރަށް ވަރުގަދަކޮށެވެ. އެހެންކަމުން ފުރަތަމަ ހަފުތާގެ ކަލެކްޝަނަށް ބަލާއިރު ބޯޑަރު 2 އުޅެނީ ކުރީގައެވެ.
ގަދަރު 2 ގެ ރެކޯޑު: ސަނީ ޑިއޯލްގެ 'ގަދަރު 2' އަކީ ފަހުގެ ތާރީހެއްގައި ނުކުތް އެންމެ ވަރުގަދަ އެއް ފިލްމެވެ. ބޯޑަރު 2 އިން ރަނގަޅު ވިޔަފާރިއެއް ކުރި ނަމަވެސް، ގަދަރު 2 އިން އުފެއްދި "މާސް ހިސްޓީރިއާ" ނުވަތަ އާންމުންގެ ފޯރި އަތުލުމަށް އަދި ވަގުތު ނަގާނެއެވެ.
މި ފިލްމުގެ ކާމިޔާބީގެ ސިއްރަކީ ހަމައެކަނި ސަނީ ޑިއޯލްގެ ވަރުގަދަ އަޑެއް ނޫނެވެ. މިއީ ގައުމީ ޖޯޝާއި، 90ގެ އަހަރުތަކުގެ ނޮސްޓެލްޖިއާ އެކުވެގެން އުފެދުނު ޖާދޫއެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް