އެމެރިކާއާ އެކު ބޭއްވުނު މަޝްވަރާއަކީ ރަނގަޅު ފެށުމެއް ކަމަށް އިރާނުން ބުނެފިއެވެ.
އޮމާންގެ ވެރިރަށް މަންކަޓުގައި އިއްޔެ ކުރިޔަށް ދިޔަ އެމެރިކާ އާއި އިރާނުގެ ނިއުކްލިއާ މައްސަލައިގެ މަޝްވަރާގެ ފުރަތަމަ ދުވަހަށްފަހު އިރާނުގެ ފޮރިން މިނިސްޓަރު އަރާޗީ ވަނީ އެމަޝްވަރާއަކީ ރަނގަޅު ފެށުމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
އަރާޗީ ވަނީ އޮމާންގައި ކުރިޔަށް ގެންދިޔަ މަޝްވަރާއަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ. އަދި ގައުމުގެ އޮފިޝަލުންނާއެކު އެމެރިކާއާ ކުރި މަޝްވަރާ ހިއްސާކުރައްވައި އެކަންތަކުގައި ކުރިޔަށްދާނެ ގޮތްތަކެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮމާންގައި ކުރިޔަށްދިޔަ މަޝްވަރާގައި އިރާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރު އަރާޗީ ބައިވެރިވެފައިވާ އިރު، އެމެރިކާއިން ބައިވެރިވެފައިވަނީ އެގައުމުގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުންގެ އިތުރުން އެމިސަރީ ޖަރެޑް ކަމަށް އޮފިޝަލުން ބުނެއެވެ.
އެެމެރިކާ އާއި އިރާނުން އޮމާންގައި ނިއުކްލިއާ މަޝްވަރާ ފަށާފައިވާއިރު އެމެރިކާއިން ވަނީ އިރާނަށް އިންޒާރުދީ ބިރުދެއްކުމުގެ ނިޔަތުގައި މެދުއިރުމައްޗަށް އެމެރިކާގެ ސިފައިން ޖަމާކޮށްފައެވެ.
އެމެރިކާއިން އެގައުމުގެ ސިފައިން މެދުއިރުމައްޗަށް ޖަމާކޮށް އެގައުމުން ވަނީ އިރާނަށް އޮތްގޮތަކީ ނިއުކްލިއާ މައްސަލައިގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައުން ކަމަށް ބުނެފައެވެ.
އެމެރިކާއިން އިންޒާރު ދިން ނަމަވެސް އިރާނުން މީގެ ކުރިން ބުނީ މަޝްވަރާތަކަށް ދާނީ ދެގައުމުން ވެސް އެއްބަސްވާ ކަންކަމާ ގުޅޭގޮތަށް މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.
މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާ އިރު، އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއި މިދިޔަ އާދިއްތަ ދުވަހު ވަނީ އެމެރިކާއިން ހަމަލާއެއް ދިނުމަކީ މުޅި މެދުއިރުމައްޗާ ދެކޮޅަށް ދޭނެ ހަމަލާއެެއްއެއް ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު