މީޑިއާ ވިލެޖަށް މިއަހަރުގެ މެދު ތެރޭގައި ކުރިމަތިލުމަށް ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ގައުމުގައި ހަމަޖެހުން ގާއިމުވެގެން ދިޔުމުގައި އަދި، ތަރައްގީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައްޔާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ގައުމުގައި ގާއިމުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި 40 މީޑިއާއަކަށް 27 މިލިއަން މިހާރުވާނީ ޖަމާކޮށްދީފައި ކަމަށެވެ.
"މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މި ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ދަނީ ވަރަށް ހަލުއި ދުވެލީގައި ކުރިއަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާުވީ ހުޅުމާލޭގެ ފޭސް އެކެއްގައި ހަދަމުންދާ މީޑިއާ ވިލެޖް ގައި 34 ޖާގަ ހިމެނޭ ކަމަށާއި އެތަން ނިމި، މީޑިޔާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށެވެ.
"އަދި ހަމަ އެފަދައިން، މީޑިއާއާ މައުލޫމާތު ހިއްސާ ކުރުމުގައިވެސް މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނަން. ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މައުލޫމާތާއި އިންޓަވިއު ދެއްވަން ވަޑައިގެންފައި" ރައީސް ވިދާޅުވިއެވެ.
މީޑިއާ ވިލެޖެއް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު