ސްރީ ލަންކާއަކީ، ރާއްޖެއިން އެންމެ ބޮޑަށް އިތުބާރުކުރާ އެއް ގައުމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ތާރީހީ ގުޅުމެއް ކަމަށެވެ. ލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ހުރި އެއް އެކުވެރިޔާކަމަށްވެސް އެ މަނިކުފާނު ވިދާޅިވިއެވެ.
ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ދެމިގެންވާ އެއްބައިވަންތަކަމާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމުގެ ގަބިލުކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު