ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި 3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި ފަހަރު ހުޅުވާލީ، ތަފާތު ހަތަރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ޓީ-ބިލްތަކެކެވެ.
ޓީ-ބިލްތަކުގެ ތަފްސީލު
- މާޗް 9 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް
- މޭ 18 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 160 މިލިއަން ރުފިޔާގެ ޓީ-ބިލް
- އޮގަސްޓް 10 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.05 ބިލިއަން ރުފިޔާގެ ޓީ-ބިލް
- އަންނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓްތައް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
މި އަހަރުގެ ބަޖެޓުގެ ހަަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަނީ މި މަހުގެ ތެރޭގައިވެސް ޓީ-ބިލް ވިއްކާފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުވެސް ސަރުކާރުން ވަނީ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފައެވެ.
ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ރާއްޖޭގެ ޕެންޝަން ފަންޑާއި، ބައެއް ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ޓީ-ބިލް ނުވަތަ ޓްރެޝަރީ ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެކެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް