އެމެރިކާއިން އިރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފިއެވެ.

އެމެރިކާގެ މިލިޓަރީން ވަނީ އަރަބި ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ އެއާކްރާފްޓް ކެރިއާ 'ޔޫއެސްއެސް އަބްރަހަމް ލިންކަން'' އާ ގާތުން ދަތުރުކުރި އެ ޑްރޯނަށް ހަމަލާދީ ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ މިލިޓަރީން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ޑްރޯންއަށް ހަމަލާދީފައިވަނީ 'ޔޫއެސްއެސް އަބްރަހަމް ލިންކަން'' ގެ ފައިޓަރު ޖެޓެއް ބޭނުންކޮށްގެން ހަމަލާދީގެންނެވެ.

އެމެރިކާގެ ބަޔާނުގައި ބުނީ އެ ޑްރޯނަށް ހަމަލާދީ ވައްޓާލާފައިވަނީ އަމިއްލަ ރައްކަލަކަށް ކަމަށާއި 'ޔޫއެސްއެސް އަބްރަހަމް ލިންކަން'' ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެކަމެއް ކުރާނެ ކަމަށެވެ.

އިރާނުގެ ޝަހެތް-139 މަރުކާގެ އެ ޑްރޯން ވައްޓާލާފައިވަނީ އިރާނުގެ ދެކުނު ކަނޑުގެ ސަރަހައްދާ 800 ކިލޯމީޓަރު ބޭރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ހަމަލާދީ ވައްޓާލި އިރާނުގެ ޑްރޯން މައްސަލައިގައި އިރާނުން އަދި މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.