ކެންސަރު ބަލީގެ ދަފްތަރުގައި މިިދިޔަ އަހަރު 111 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާދަމާ ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ ފަސް އަހަރު ކެންސަރު ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދުތައް ހާމަކޮށްފައެވެ. އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު 244 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ފަސް އަހަރު ކެންސަރު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދުތައް:

  • 2020 - 137 މީހުން
  • 2021 - 208 މީހުން
  • 2022 - 244 މީހުން
  • 2023 - 211 މީހުން
  • 2024 - 195 މީހުން
  • 2025 - 111 މީހުން

އެޗްޕީއޭއިން މިދިޔަ އަހަރު ބުނެފައިވަނީ ކެންސަރުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 1،617 މީހުން ކަމަށެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ 1،964 މީހުން އެ ލިސްޓުގައި އެބަތިއްބެވެ. މިއީ އަހަރެއްގެ ތެރޭގައި 347 މީހުންގެ އިތުރުވުމެކެވެ.

ކެންސަރު ދަފްތަރުގެ 57 ޕަސެންޓަކީ އަންހެނުން ކަމަށް އެޗްޕީއޭ އިން ވަނީ ކުރިން ބުނެފައެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުން އެއްކުރަން ފަށާފައިވަނީ 2019 ވަނަ އަހަރެވެ.