ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ ފްލެޓުތަކުގެ ތެރެއިން މިހާރު ހަވާލުނުކޮށް ހުރީ 200 ވަރަކަށް ފުލެޓުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފޭސް ދޭއްގައިވަނީ 4،000 ފުލެޓް ހަދައިފައެވެ.
ހަމްދާން "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ހަވާލުނުކުރެވި ހުރި 200 ވަރަކަށް ފުލެޓަކީ، އެ ފުލެޓުތައް ލިބުނު މީހުން އެދިގެން ހަވާލުކުރުން ފަސްކޮށްފައިވާ ފުލެޓުތައް ކަމަށެވެ.
އޭގެ ތެރޭގައި އުމްރާއަށް ދިޔަ މީހުންނާއި، މާލެއިން ބޭރުގައި އެކި ސަބަބުތަކާ ގުޅިގެން ތިބި މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އެ 200 ފުލެޓު ފިޔަވައި އެފްޑީސީން ޝެޑިއުލްކޮށްފައިވާ ހުރިހާ ފުލެޓެއް ހަވާލުކޮށް ނިމިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން