މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ.
މި ހަރަކާތާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ލޭގެ ސްޓޮކް ދަށްވެފައިވާ ކަމަށް އިއުލާންކުރުމާ ގުޅިގެން، އެ ކުންފުނީގެ ޓީމުން އިސްނަގައިގެން ކުރިއަށްގެންދާ އިންސާނީ އެހީތެރިކަމުގެ ހަރަކާތެއް ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މިއީ ލޭ ބޭނުންވެފައިވާ އަދި އުންމީދު ކުޑަވެފައިވާ އެތައް ފަރާތްތަކަކަށް އާ އުންމީދެއް ގެނެސްދޭނެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި އެމްޑަބްލިޔުއެސްސީގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ބައިވެރިވެ ލޭ ހަދިޔާކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލީ ޔާމިން
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ