"ވައިޓްރެބިޓް ސްޕޯޓްސް" އަކީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިއަދު އާ ނަމެއް ނޫނެވެ. ސިޓިން ރޫމްގައި މުދާ ބަހައްޓައިގެން އޮންލައިންކޮށް ފެށި ވިޔަފާރި މާޒީއާ އެކުވެ މިއަދު ވައިޓްރެބިޓް ސްޕޯޓްސް އަކީ ކުޅިވަރުގެ މައިދާނުގައި ނަން މަޝްހޫރު ބްރޭންޑެކެވެ. މީހުންގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރީން އޮންލައިން ވިޔަފާރިއެއްގެ ގޮތުގައި ގޭގެ ސިޓިން ރޫމްގައި މުދާތައް ބަހައްޓައިގެން ވިޔަފާރިކުރުމުގެ މަސައްކަތުގެ ފަހަތުގައި ހުރީ ހީވާގި ކަނބަލެކެވެ. ފިރިމީހާގެ ފުރިހަމަ އެހީތެރިކަމާއެކު ކުޅިވަރު ކުޅުމަށް ބޭނުންވާ އެކި ވައްތަރުގެ ޖާޒީ އޮންލައިންކޮށް ވިއްކުމަށް ޓަކައި ފެށި މަސައްކަތް މަޑުމަޑުން ފުޅާ ކުރާން ފެށިއެވެ. ވިޔަފާރިއަށް އައި ޑިމާންޑް އިތުރު ވެ، އޮންލައިންކޮށް ކުރަމުން އައި ވިޔަފާރީގެ މިސްރާބު ބަދަލުވެގެންދިޔައީ ވެރިރަށް މާލޭގައި ފިހާރައެއް ހުޅުވުމަށެވެ. އެގޮތުން ޖާޒީގައި ނަމާއި ނަންބަރު ޖެހުމުގެ ހިދުމަތާއެކު "ވައިޓްރެބިޓް ސްޕޯޓްސް" ގެ ނަމުގައި ފިހާރައެއް ހުޅުވައި، އޮންލައިންކޮށް އަންނަ އޯޑަރުތަކަށް މުދާ ފޯރުކޮށްދިނުމުގެ އިތުރުން ފިހާރައިން ހިދުމަތް ފޯރުކޮށްދޭން ފެށިއެވެ.
ނަމަވެސް، 2019ގެ ކޮވިޑްގެ ރާޅާއެކު ވައިޓްރެބިޓް ސްޕޯޓްސްގެ ވިޔަފާރި ދަށްވުމުގެ ސަބަބުން މާލޭގައި ހުޅުވި ފިހާރަ ހުޅުމާލެއަށް ބަދަލުކުރިއެވެ. ނިރޮޅުމަގު 8 ގައި ހުޅުވި އެ ފިހާރައިގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ އޮންލައިންކޮށެވެ. އެ ފިހާރައިން މުދާ ގަތުމަށް ވައިޓްރެބިޓް ފޭސްބުކް ޕޭޖަށް މެސެޖްކޮށްލުމުގެ އިތުރުން ވަޓްސްއެޕް (ވަޓްސްއެޕް ނަމްބަރު: 9687473) މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.
ވައިޓްރެބިޓްގެ ވިޔަފާރިއާމެދު މީހުންގެ މަގުބޫލުކަން އިތުރު ވެ، ތަފާތު ޑިޒައިންތަކަށް ޖާޒީ ހެއްދުމުގެ ޑިމާންޑާއެކު ވައިޓްރެބިޓް ފެހުމުގެ ނަމުގައި ފަހާތަނެއް ފުވައްމުލަކުގައި ހުޅުވައި އަދި އެތަނުން ޖާޒީތައް ބޭނުން ޑިޒައިނަކަށް ފަރުމާކޮށް ފެހުމުގެ ހިދުމަތް ދޭން ފެށިއެވެ. މިއަދު ވައިޓް ރެބިޓް ފެހުމުން ޖާޒީގެ އިތުރުން ސްކޫލް ޔުނިފޯމާއި އޮފީސްތަކުގެ ޔުނިފޯމް ފަހައިދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރު ފުވައްމުލަކުގައި "ވައިޓްރެބިޓް ފުވައްމުލައް" ނަމުގައި ފިހާރައެއް ހުޅުވައި އެތަނުން އަންނަނީ ހުރިހާ އުމުރުފުރާއަކަށް ބޭނުންވާ ޖާޒީ އާއި ކުޅިވަރުގެ ސާމާނު ވިއްކަމުންނެވެ. ފުވައްމުލަކުގެ އިތުރުން ށ. ކަނޑިތީމުގައި މިދިޔަ އަހަރު ވަނީ "ވައިޓްރެބިޓް ށަވިޔަނި"ގެ ނަމުގައި ފިހާރައެއް ހުޅުވައި ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.
މި އަހަރު ވައިޓްރެބިޓްގެ އަމާޒަކީ ހުޅުމާލެ ފޭސް ދޭއްގައި ވައިޓްރެބިޓްގެ ނަމުގައި ފަހާތަނަކާއެކު އިތުރު އައުޓްލެޓެއް ހުޅުވުމެވެ. އެ އަމާޒަށް ވާސިލުވުމަށް މިއަދު އެ ޓީމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ވައިޓްރެބިޓް" މީހުންގެ މަގުބޫލު ބްރޭންޑަކަށް ވެގެން ގޮސްފައިވަނީ ފާއިތުވެދިޔަ ދިހަ އަހަރު ކުރި މަސައްކަތްތަކަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބުންނެވެ. ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ހިދުމަތްތަކެއް މެނދުކެޑުމެއްނެތި ވައިޓްރެބިޓްގެ ޓީމުން ދެމުން އައުމުގެ ސަބަބުންނެވެ. ކުރިއަށް އޮތްތަނުގައިވެސް އެ ހިދުމަތްތައް އެގޮތުގައި ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވައިޓްރެބިޓްގެ ޓީމުން އަރުވައެވެ.
އަލީ ޔާމިން



ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު