މިޔުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 68 ވަނަ އަހަރީ ގްރެމީ އެވޯޑްސް ހަފުލާ، މި މަހުގެ އެކެއްގައި ލޮސް އެންޖެލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ކުލަގަދަކޮށް ބާއްވައިފިއެވެ. މިދިޔަ އަހަރު ނެރެފައިވާ ފާހަގަކޮށްލެވޭ މިޔުޒިކީ އުފެއްދުންތަކުގެ އަގުވަޒަންކުރުމަށް ބޭއްވި މި ހަފުލާ ހުށަހަޅައިދިނީ މަޝްހޫރު ކޮމެޑިއަން ޓްރެވާ ނޯއާ އެވެ. މިއީ އޭނާ މި ހަފުލާ ހުށަހަޅައިދޭ ފަހު ފަހަރެވެ.
މިފަހަރުގެ އެވޯޑް ހަފުލާގައި ލެޓިން މިޔުޒިކް އާ ތާރީހެއް ލިޔެފައިވާއިރު، ހިޕް-ހޮޕް މިޔުޒިކްގެ ބާރުގަދަކަންވެސް ވަނީ ދައްކާލައިފައެވެ. މިގޮތުން ބޭޑް ބަނީގެ "ޑެބީ ޓީރާރް މަސް ފޮޓޯސް" އަލްބަމަށް "އަލްބަމް އޮފް ދަ އިޔާ" ލިބުމަކީ ސްޕެނިޝް ބަހުން ހުށަހަޅައިދީފައިވާ އަލްބަމަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. އަދި ކެންޑްރިކް ލަމާ ވަނީ ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށް، ގްރެމީގެ ތާރީހުގައި އެންމެ ކާމިޔާބު ހިޕް-ހޮޕް ފަންނާނުންގެ ތެރޭގައި ހިމެނި، ޖޭ-ޒީގެ ރެކޯޑުތަކާ އަރައި ހަމަކޮށްފައެވެ.
މިފަހަރުގެ މުހިންމު ބައެއް ވަނަތައް:
އަހަރުގެ އެންމެ މޮޅު އަލްބަމް: ބޭޑް ބަނީ –ޑެބީ ޓީރާރް މަސް ފޮޓޯސް
އަހަރުގެ އެންމެ މޮޅު ރެކޯޑިން: ކެންޑްރިކް ލަމާ އަދި އެސް.ޒެޑް.އޭ – ލުތާ
އަހަރުގެ އެންމެ މޮޅު ލަވަ: ބިލީ އައިލިޝް – ވައިލްޑްފްލާވާ
އެންމެ އުންމީދީ އާ ފަންނާނު: އޮލިވިއާ ޑީން
އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމް: ލޭޑީ ގާގާ – މެއިހެމް
އެންމެ މޮޅު ޕޮޕް ސޯލޯ ޕާފޯމަންސް: ލޯލާ ޔަންގް – މެސީ
އެންމެ މޮޅު ރެޕް އަލްބަމް: ކެންޑްރިކް ލަމާ – ޖީއެންއެކްސް
އެންމެ މޮޅު ރޮކް އަލްބަމް: ޓާންސްޓައިލް – ނެވާ އިނަފް
އެންމެ މޮޅު އާރް އެންޑް ބީ އަލްބަމް: ލިއޮން ތޯމަސް – މަޓް
އެންމެ މޮޅު ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމަންސް: ސިންތިއާ އެރީވޯ އަދި އަރިއާނާ ގްރާންޑޭ – ޑިފައިން ގްރެވިޓީ
މީގެ އިތުރުން "ވިޝުއަލް މީޑިއާ" އަށް ތައްޔާރުކޮށްފައިވާ އެންމެ މޮޅު ލަވައިގެ އެވޯޑް "ހަންޓާސް ކޭޕޮޕް ޑީމަން" ގެ "ގޯލްޑަން" އަށް ލިބިފައިވާއިރު، އަހަރުގެ އެންމެ މޮޅު ޕްރޮޑިއުސަރަކަށް ހޮވިފައިވަނީ ސާކަޓް އެވެ. އަދި އަހަރުގެ އެންމެ މޮޅު ލަވަލިޔުންތެރިޔަކަށް ހޮވުނީ އެމީ އެލަން އެވެ.
މި ހަފުލާގައި ދުނިޔޭގެ މިޔުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއް ބައިވެރިވެފައިވާއިރު، މިއީ އާ ފަންނާނުންނާއި ތަޖުރިބާކާރު ފަންނާނުންގެ ހުނަރު އެއްތަނަކުން ފެނިގެންދިޔަ ތާރީހީ ރެއެކެވެ.
މިއުޒިކް އިންޑަސްޓްރީ
މިއުޒިކް އިންޑަސްޓްރީ
މިއުޒިކް އިންޑަސްޓްރީ
މިއުޒިކް އިންޑަސްޓްރީ